ސައުދިއަރަބިޔާގެ އޭސީސީ ޚާއްޞަ ކޮމިޓީން ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ އެކައުންޓްތައް ފްރީޒްކޮށްފިއެވެ.
ކޮމިޓީން ބުނެފައިވަނީ މިއީ އެންމެންގެ މައްޗަށް އެއް އުޞޫލަކުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އިންފޮމޭޝަން މިނިސްޓްރީން ބުނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ޖަމާކުރެވެނީ ދައުލަތުގެ ޚަޒާނާއަށް ކަމަށެވެ. މިމައްސަލަތަކުގެ ތަފްޞީލުތައް އަދި ހާމައެއް ނުކުރެއެވެ.