އިނގިރޭސި ރާނީ ކްއީން އެލިޝަބެތް 2 ވެސް "ޓެކްސް ހެވަން" ގައި ފައިސާ ރައްކާކުރައްވާފައިވާކަން ހާމަވެއްޖެއެވެ.
ހާމަވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ޓެކްސް އަށް ފޮރުއްވަން އެކަމަނާ ވަނީ ކޭމަން އައިލަންޑްސް އާއި ބަރމުޑާގެ އޯފްޝޯ ބޭންކިންގައި 13 މިލިއަން ޑޮލަރު (10 މިލިއަން ޕައުންޑް) އެކަމަނާގެ އަމިއްލަ ފައިސާ އިން އިންވެސްޓްކުރައްވައިފައެވެ.
މިފައިސާ ޖަމާކުރީ 2004 ވަނަ އަހަރާއި 2005 ވަނަ އަހަރު އެކަމަނާގެ "ޕްރައިވެޓް މެނޭޖަރު" ކަން ވެސް ވަނީ ހާމަވެފައެވެ. މިކަން ކުރައްވާފައިވަނީ ޤާނޫނީ ހަމަތަކުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެކަމަނާގެ ފަރާތްޕުޅުން ބުނެފައިވަނީ އެކަމަނާގެ އެކައުންޓުތައް އަންނަނީ ޤަވާއިދުން އޮޑިޓް ކުރަމުން ކަމަށާއި ޤައުމުން ބޭރުގައި އެކަމަނާގެ އިންވެސްޓްމަންޓްތައް އެބަހުރި ކަމަށެވެ.
އިނގިރޭސި ޝާހީ ޢާއިލާ އާއި ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ޝާހީ ޢާއިލާއަށް ކުރާ ހޭދަ ހުއްޓުވަން މަސައްކަތްކުރާ ފަރާތްތަކަށް މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ.