ސައުދީ އީރާން ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ތިލަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސައުދީ އީރާން ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ތިލަވަނީ!
އީރާނުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ދީފައިވާ ޕެޓްރިކް މިސައިލެއް ސައުދީގެ ވެރިރަށް ރިޔާޛަށް އަމާޒުކޮށް ފޮނުވާފައިވާއިރު އެކަމަކީ އީރާނުން ހަނގުރާމަ އިއުލާނުކުރުން ކަަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފޮނުވި މިސައިލް ސައުދިއަރަބިޔާއިން ވައްޓާލައިފައެވެ. މީގެ ކުރިންވެސް ހޫތީ ހަނގުރާމަވެރިން ވަނީ ޖިއްދާ އަށާއި މައްކާއަށް އަމާޒުކޮށް ވެސް މިސައިލްތައް ފޮނުވައިފައެވެ.

ސައުދިއަރަބިޔާއިން ބުނެފައިވަނީ ޤައުމު ސަލާމަތް ކުރުމަކީ އެ ޤައުމަށްވެސް ލިބިފައިވާ ހައްޤެއް ކަމަށާއި ޤައުމު ދިޟާޢުކުރަން ކުރަންޖެހޭ ކޮންމެ ކަމެއްވެސް އެ ޤައުމުން ކުރާނެ ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ސައުދީ ކޯލިޝަނުން މިހާރުވަނީ ޔަމަނުގެ ޕޯޓްތައް ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށް އީރާނުން ފޮނުވާ ހަތިޔާރުތައް އަތުލައިގަތުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް ފަށައިފައެވެ.

ހަނގުރާމައަކަށް ބަލައިފިނަމަ އީރާނަކީ މެދުއިރުމަތީގައި އޮތް މިހާރު އޮތް އެންމެ ވަރުގަދަ ބާރުކަމަށް ބެލި ނަމަވެސް ސައުދީ ކޯލިޝަނުގެ ބާރު މާވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން