އެންމެބޮޑު އަމާޒަކީ ބައިސްކަލްދުއްވާ ފަރާތްތައް އިތުރުކޮށް، ޕްރޮމޯޓުކުރުން: ބައިކް މޯލްޑިވްސް

ކިޔުމަށް ހޭދަވާނީ 50ސ
އެންމެބޮޑު އަމާޒަކީ ބައިސްކަލްދުއްވާ ފަރާތްތައް އިތުރުކޮށް، ޕްރޮމޯޓުކުރުން: ބައިކް މޯލްޑިވްސް
ބައިކް މޯލްޑިވްސްގެ އެންމެބޮޑު އަމާޒަކީ ބައިސްކަލްދުއްވާ ފަރާތްތައް އިތުރުކޮށް، ޕްރޮމޯޓުކުރުންކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މި ނޮވެމްބަރ މަހުގެ 24 އަދި 25 ގައި ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ނެޝަނަލް ބައިކް ޗެމްޕިއަންޝިޕް 2017 އާއިބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެޖަމިއްޔާގެ މެމްބަރަކު ވިދާޅުވީ މިފަދަ މުބާރާތްތައް ރާއްޖޭގައިވެސް މީގެކުރިން ބާއްވާފައިވާ ކަމަށެވެ.

"މިއީ މީގެ ކުރިން ރާއްޖޭގަ ބޭއްވި މުބާރާތެއް. އެކަމަކު މިހާރު ވަރަށް ޒަމާންވެއްޖެ ނުބާއްވާތާ. ބޭނުންވަނީ މިފަދަ މުބާރާތްތައް ބާއްވާ، މިކަން އަލުން އާލާކޮށް ދިރުވުން" މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިކް މޯލްޑިވްސް އިން ބުނީ އުއްމީދަކީ ބައިސްކަލް ދުއްވުމަކީވެސް ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ކުޅިވަރަކަށް ވެގެން ދިއުން ކަމަށާއި މިކަންކުރުމަށް މިހާރުވެސް ވަރަށްގިނަ މަސައްކަތްތައްކޮށް، ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަކަމަށެވެ.
މިއަދު އޮންލައިން