އަންނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން ޒަމްޒަމް ވަޅު އަލުން އިމާރާތްކޮށް ފަރުމާ ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 14ސ
އަންނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން ޒަމްޒަމް ވަޅު އަލުން އިމާރާތްކޮށް ފަރުމާ ކުރަނީ
އެންމެ ބަރަކާތްތެރި ފެން ކަމުގައިވާ ޒަމްޒަމް ފެން ވަޅު، އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ އަލުން ފަރުމާކޮށް އިމާރާތް ކުރަން ގަސްދުކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ. އެސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އަލަށް ފަރުމާ ކުރެވޭ ގޮތުން، ޒަމްޒަމް ފެން ބޭނުންވާ ފަރާތްތަކަށް އެފެން ލިބުން މިހާރަށްވުރެ ރަނގަޅަށް ހަމަޖެހިގެން ދާނެއެވެ.

ޒަމްޒަމް ފެން ވަޅު އަލުން ފަރުމާކުރަން ނިންމަވާފައިވާކަން އަންގާ އިއުލާނުކުރީ އެންމެ މާތް ދެ މިސްކިތުގެ ކަންކަން ހިންގުމާއި ހަވާލުވެގެން ހުންނަވާ ޖެނެރަލް ޕްރެސިޑެންޓް ޝެއިޚް އަބްދުލްރަޙްމާން އަލް-ސުދެއިސް އެވެ.

އަލް-ސުދެއިސް ވިދާޅުވި ގޮތުގައި ހުރިހާ މުސްލިމުންނަށް ފައިދާ ކުރާނޭ ފަދައިން، ޒަމްޒަމް ފެން ލިބުން ހަމަޖެއްސުމަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް މީގެ އެތައް އަހަރުތަކެއް ކުރިން ވިސްނަވާފައިވާ ކަމެކެވެ. އަދި އެމަނިކުފާނުގެ ރަސްކަމަށްފަހު އެމަނިކުފާނުގެ ދަރިކަލުން ވެސް މިކަން ހަމަޖައްސަވާނެ ކަމަށް އަސް-ސުދެއިސް ވިދާޅުވެފައިވެއެވެ.

ޒަމްޒަމްފެން ވަޅު އަލުން އިމާރާތްކޮށް ފަރުމާކުރުމުގެ މަސައްކަތް ދެބަޔަކަށް ބަހާލެވިގެން ކުރިއަށް ދާނެ ކަމަށާއި ހަތް މަސް ތެރޭގައި އެމަސައްކަތްތައް އެއްކޮށް ނިންމޭނެ ކަމަށް އަލް-ސުދެއިސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން، އެމަސައްކަތްތައް އެއްކޮށް ނިމި، ޒަމްޒަމް ވަޅު އަލުން ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން