4 މުސްކުޅިންނާ ގުޅި، ވިހައިދީ 3 މީހުން މަރައި، އެމީހުންގެ އިންޝުއަރަންސް ފައިސާ ނެގި އަންހެނަކު މަރަން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
4 މުސްކުޅިންނާ ގުޅި، ވިހައިދީ 3 މީހުން މަރައި، އެމީހުންގެ އިންޝުއަރަންސް ފައިސާ ނެގި އަންހެނަކު މަރަން ޙުކުމްކޮށްފި
އިންޝުއަރަންސް ފައިސާގެ ބޭނުމުގައި 4 މުސްކުޅިންނާއި ގުޅި އެއިގެ ތެރެއިން 3 މީހުންނަށް ވިހަދީ މަރައި އެމީހުންގެ އިންޝުއަރަންސް ފައިސާ ހޯދައި އަދި 4 ވަނަ މީހާވެސް މަރަށް މަސައްކަތްކުރި ޖަޕާނުގެ އަންހެނަކު މަރަން ކޯޓުން ޙުކުމްކޮށްފިއެވެ.

އުމުރުން 70 އަހަރުވެފައިވާ ޗިސާކޯ ކެހޭކީ މަރަން ކޯޓުން ހުކުމް ކުރުމުން އޭނާގެ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. ވަކީލުން ބުނެފައިވަނީ އޭނާއަކީ މިހާރު ހަނދާންނެތޭ ބަލި ޖެހި އެކަނި ނުއުޅެވޭ ހާލަތުގައި ހުރި އަންހެނެއް ކަމަށެވެ.

ފަނޑިޔާރުން ބުނެފައިވަނީ 3 މައްސަލައިގައިވެސް އޭނާ ވަނީ ޤަޞްދުގައި މީހުންނަށް ވިހަ އާއި ސައިނައިޑް ދީ މަރާފައި ކަަމަށެވެ. އެއިގެ ތެރެއިން އެކަކީ އޭނާ ކައިވެނިކޮށްގެން އުޅުނު ފިރިއެކެވެ.

މީހުން މެރުމަށް ބޭނުންވާ ވިހަ ހޯދުމަށްޓަކައި އޭނާ ވަނީ ނުރައްކާތެރި ފައިދިގު މަކުނުގެ ވައްތަރެއް ކަމަށްވާ "ބްލެކް ވިޑޯއެއް ވެސް ބޭނުންކޮށްފައެވެ. އެހެންކަމުން ބްލެކް ވިޑޯގެ ނަމުން ވެސް އޭނާ ވަނީ މަޝްހޫރުވެފައެވެ.

މީނާ އާންމުކޮށް ރައްޓެހިވެގެން އުޅުނީ މުސްކުޅިންނާއި އަދި ބަލި މީހުންނާއިއެވެ. ގުޅުމަށްފަހު އެމީހާ މަރުވުމުން އެމީހާގެ އިންޝުއަރެންސް ފައިސާ ލިބޭ ގޮތަށް ލިޔުންތައް ތައްޔާރުކުރުމަށްފަހު މަރާލަނީއެވެ.

މިކަމުން އިރެއްގައި އޭނާއަށް މިލިއަނަރަކަށްވެސް ވެވުނެވެ. ނަމަވެސް އިންވެސްޓްކުރި ހުރިހާ ވިޔަފާރިއެއްގައި ފެއިލްވެ މިހާރު އޭނާ ވަނީ ނިކަމެތިވެފައެވެ.
މިއަދު އޮންލައިން