ކޮރަޕްޝަން މައްސަލަތަކުގަ ބަންދުކުރި އެންމެންނާމެދުވެސް އިންސާފުވެރިކަމާއެކު ޝަރީއަތް ކުރެވޭނެ: ސައުދީ ޕީޖީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކޮރަޕްޝަން މައްސަލަތަކުގަ ބަންދުކުރި އެންމެންނާމެދުވެސް އިންސާފުވެރިކަމާއެކު ޝަރީއަތް ކުރެވޭނެ: ސައުދީ ޕީޖީ
ކޮރަޕްޝަނުގެ ތުހުމަތުތަކުގައި ސައުދީ އޭސީސީގެ ޚާއްޞަ ކޮމިޓީން ބަންދުކޮށްފައިވާ އެންމެންނާއިމެދުވެސް އިންސާފުވެރިކަމާއިއެކު ޝަރީއަތް ކުރެވޭނެ ކަމަށް އެޤައުމުގެ ޕްރޮސެކިޔުޓަރ ޖެނެރަލް ހާމަކުރައްވައިފިއެވެ.

އޭނާ ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލުން ބޭނުން ކުރުމުގައިވެސް އެއްވެސް ހުރަހެއް ނުއޮންނާނެ ކަމަށާއި ޝަރީއަތް ކުރެވޭނީ ޢާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.

އޭނާ ބުނީ ބަންދުކޮށްފައިވާ އެންމެންނާއިމެދުވެސް ވަރަށް ގިނަ ހެކިތައް އެބަހުރި ކަމަށާއި ސުވާލުކޮށް ތަޙްޤީޤްތައް ކުރިއަށް ގެންދާނީ ވެސް ޤާނޫނާއި އެއްގޮތަށް އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި އެންމެންގެ މައްސަލަތަކަށް އޭސީސީ އިން ފާރަވެރިވަމުން އަންނަތާ 3 އަހަރުވެއްޖެއެވެ.
މިއަދު އޮންލައިން