އިޓަލީ ވިލާތުގައި ހުއްޓާ އެމެރިކާގެ ސީއައިއޭ އިން މުސްލިމް ދީނީ އިލްމުވެރިއަކު ވަގަށް ނެގުމުގައި ބައިވެރިވި މީހަކަށް އަދަބެއްގެ ގޮތުން 3 އަހަރު ވަންދެން ކުޑަކުދިންނަށް ކިޔަވައިދިނުމަށް އިޓަލީގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް މިޙުކުމް އިއްވީ މީގެ 14 އަހަރު ކުރިން އަބޫ އުމަރުގެ ނަމުން މަޝްހޫރުވެފައިވާ އޮސާމާ ޙަސަން މުޞްޠަފާ ނަޞްރު އިޓަލީން ވަގަށް ނަގައިގެން މިޞުރަށް ގެންގޮސްފައިވާ މައްސަލައެއްގައެވެ. މިޞުރަށް ގެންދިއުމަށްފަހު އަބޫ އުމަރަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ކޮށްފައެވެ.
ޑިސައުޒާ ނަމަކަށް ކިޔާ އަންހެން މީހާ ބުނެފައިވަނީ އޭނާ އެކަމުގައި ބައިވެރިވި ކަމަށާއި ނަމަވެސް އެއްވެސް "ނުބައި" ކަމެއް ނުކުރާ ކަމަށެވެ.
އެމެރިކާގެ ރައްޔިތަކަށް އެހެން ޤައުމެއްގައި މިފަދަ ކަމެއް ކޮށްފިނަމަ ވާނީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓަކަށެވެ. ދާން ޖެހޭނީ ގުއަންޓަނަމޯބޭ ޖަލަށެވެ. މިއީ އިންޞާފުކަމަށް ޚުދު އެމެރިކާގެ ރައްޔިތުންވެސް މިހާރު ޤަބޫލެއް ނުކުރެއެވެ.