އަހަރެން ވަގަށްނެގި މީހާ ބުނަނީ އޭނާއަކީ ރަސޫލެއް ކަމަށް- ކުރުވަނީ ހުރިހާ ނުބައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަހަރެން ވަގަށްނެގި މީހާ ބުނަނީ އޭނާއަކީ ރަސޫލެއް ކަމަށް- ކުރުވަނީ ހުރިހާ ނުބައިކަމެއް!
އުމުރުން 14 އަހަރުގައި އެލިޒަބެތް ވަގަށް ނެގީ އުމުރުން 9 އަހަރުގެ ކޮއްކޮއާއެކު ނިދަން ކޮޓަރީގައި އޮއްވައެވެ. ވަގަށް ނަގައިގެން ގެންދިއައީ ދެމަފިރިއަކު ދިރިއުޅޭ ގެއަކަށެވެ.

9 މަސް ދުވަސްވަންދެން އޭނާ ރޭޕްކުރިއެވެ. ބަރަހަނާ މަންޒަރު ބަލަން ޖެއްސުވިއެވެ. ގަދަކަމުން ބަނގުރާ ބޯންދީ މަސްތުކުރުވިއެވެ. އެކަމަކު އޭނާ ބުނަނީ އޭނާއަކީ ރަސޫލެއް ކަމަށެވެ.



އެއް ދުވަހަކު އެލިޒަބަތުގެ ބޮލުގައި ވިގެއް އަޅުވައި، ކުލަގަދަ އަވިއައިނެއް އަޅުވައިގެން މަގުމައްޗަށް ނުކުތެވެ. މަގުމަތިން ފެނުނު މީހަކަށް ޝައްކުކުރެވިގެން ފުލުހުންނަށް ގުޅުމުން ހޯދައި އެލިޒަބެތު ވަނީ އެހާލަތުން ސަލާމަތްކޮށްފައެވެ.

ފިރިހެން މީހާ ވަނީ އުމުރަށް ޖަލަށް ލައިފައެވެ. އަންހެން މީހާ ވަނީ 15 އަހަރަށް ޖަލަށް ލައިފައެވެ. އެލިޒަބެތުގެ މިހާރުގެ އުމުރަކީ 30 އަހަރެވެ. އޭނާގެ މަސައްކަތަކީ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމެވެ.
މިއަދު އޮންލައިން