އެމެރިކާއިން އީރާނަށް ގޮތެއް ހަދައިލާނެ ފުރުޞަތެއް ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެމެރިކާއިން އީރާނަށް ގޮތެއް ހަދައިލާނެ ފުރުޞަތެއް ހޯދަނީ
ޔަަމަނުގެ ހޫތީން މިދިއަ ހޮނިހިރު ދުވަހު ރިޔާޛަށް ފޮނުވައިލި ބެލިސްޓިކް މިސައިލުގެ މައްސަލައިގައި ކަމަށްބުނެ އީރާނަށް ގޮތެއް ހަދައިލުމުގެ ފުރުޞަތު އެމެރިކާއިން ފަށައިފިއެވެ.

އެމެރިކާއިން ބުނަނީ ބެލިސްޓިކް މިސައިލް ފަަދަ ބަރު ހަތިޔާރުތައް ދިނުމަކީ އދގެ ޤަރާރުތަކާއި ޚިލާފު ކަމެއް ކަމަށާއި އެކަމާއިމެދު ފިޔަވަޅުއަޅަންޖެހޭނެ ކަމަށެވެ. މީގެ މާނައަކީ އދ ގެތެރެއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާއިން މަސައްކަތްކުރުމެވެ.

މިކަމާއި ގުޅިގެން އުފެދޭ ސުވާލުތައް ގިނައެވެ. ސީރިޔާގެ ސަރަހައްދުތަކަށް ކޮންމެ ދުވަހަކު އެމެރިކާގެ މިސައިލުތަކުން ހަމަލާތައް ދެމުން ގެންދަނީ ޔޫއެންގެ ހުއްދަ ލިބިގެންބާވައެވެ! ދާދިފަހުން ބޮންތަކުގެ މަންމަ ބޮން އަފްްޣާނިސްތާނަށް އެޅުމުން އެތައް ބައެއްގެ ގެދޮރު ހަލާކުވެފައިވާއިރު އެކަން ކުރީ އދގެ ހުއްދަ ލިބިގެންބާވައެވެ!

އިރާޤުގައި ނުވެސް ހިނގާ ކަންކަމަށް ތުހުމަތުކޮށް އިރާޤަށް އަރައިގަނެ އިރާޤުގެ ވެރިކަން ވައްޓާލައި ސައްދާމް ޙުސައިން ދަންޖެއްސުވީ އދގެ ހުއްދަ ލިބިގެންބާވައެވެ!


މިއަދު އޮންލައިން