ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން އިންޑޮނޭސިއާގެ ބާލީއަށްް ދަތުރުކުރި ފްލައިޓެއްގައި ދެމަފިރިއެއްގެ ކޯޅުން ގަދަވެ ގޮތްހުސްވެގެން ކުއްލި ޙާލަތުގައި އިންޑިއާގެ ޗެންނާއީއަށް ޖައްސަން ޖެހިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ދަރިފުޅުވެސް ގޮވައިގެން ދަތުރުކުރި އީރާނުގެ ދެމަފިރިއެއްގެ މައްސަލަ ހޫނުވީ ފިރިމީހާ ނިދިވަގުތު ފިރިމީހާގެ ފިންގަރޕްރިންޓް ޖައްސުވައިގެން ފިރިމީހާގެ ފޯނު ހުޅުވައިގެން ބެލިއިރު އެހެން އަންހެނަކާއިއެކު ގުޅުން ބާއްވަމުން އަންނަަކަން އެނގުމުންނެވެ.
"ކަލޭ ތީ ބޮޑު މަކަރުވެރިއެއް. ކަލޭ ދުލެއް ނުކުރާނަން. ހިތަށް އެރިހައި ގޮތަކަށް ނޫޅެވޭނެ" ކަމަށް ބުނެ އަންހެން މީހާ އަޑުގަދަކުރަންފެށީއެވެ. ދެމަފިރިންގެ މައްސަލަ ހައްލުކުރަން ކްރޫން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޕައިލެޓަށް ޖެހުނީ ކުއްލި ޙާލަތުގައި ޗެންނާއީ އަށް ޖައްސައި އާއިލާ ފްލައިޓުން ބޭލުމަށެވެ.
ޢާއިލާ ފަހުން ވަނީ ޗުއްޓީ ކެންސަލްކޮށް މެލޭސިޔާ މަގުން އެނބުރި ދޯހާއަށް ގޮސްފައެވެ.