ޢުމުރުން 93 އަހަރުގެ ޕެރިއްލޯ އެމެރިކާގެ ނިއުޖާޒީގެ މޭޔަރުކަމަށް ހޮވިއްޖެއެވެ.
އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އާމީންގެ ތެރޭގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
މޭޔަރުކަމުގެ މަޤާމު އޭނާއަށް ލިބުމުން އޭނާ ބުނީ ވަރަށް ހައިރާންވެއްޖެ ކަމަށާއި އެއީ އޭނާއަށްވުރެ މާޒުވާން މީހުން އެމަޤާމަށް ކުރިމަތިލާފައިވާތީ ކަމަށެވެ.
އެހެންނަމަވެސް އޭނާގެ ދަރިންނާ، ކާފަދަރިން ބުނީ މިއީ އެއްގޮތަކަށްވެސް ހައިރާންވާންޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި އެ މަޤާމު ލިބުނީ ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގެއްގެ ގޮތުން ކަމަށެވެ.