ސައުދީ ކޮރަޕްޝަން މައްސަލަތައް 100 ބިލިއަނަށް އަރާ- 201 މީހުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ސައުދީ ކޮރަޕްޝަން މައްސަލަތައް 100 ބިލިއަނަށް އަރާ- 201 މީހުން ހައްޔަރުކޮށްފި
ސައުދީގައި މިހާރު ބަލަމުން ގެންދާ ކޮރަޕްޝަން މައްސަލަތަކުގެ ފައިސާގެ އަދަދު 100 ބިލިއަނަށް އަރާ ކަމަށާއި 208 މީހުންނާ ސުވާލުކޮށް 201 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އެޓަރނީ ޖެނެރަލް ސައުދު އަލް މުޖީބު ވިދާޅުވެފައިވަނީ މި މައްސަލަތަކަކީ ދިގުލައި ގޮސްފައިވާ ކަންތައްތަކެއް ކަމަށެވެ. ސައުދީ ދައުލަތުގެ ފަންޑުތަކުން 100 ބިލިއަނަށްވުރެ ގިނަ ޑޮލަރު ތަފާތު ކަންކަމުގައި ބޭނުންކޮށްފައިވާކަން މިހާރުވެސް އެނގިފައިވާ ކަމަށެވެ.

އެޖީ ވިދާޅުވީ މި މައްސަލަތައް ބަލައި ނިމެންދެން މި މައްސަލަތަކުގައި ބައިވެރިވާ މީހުންގެ އަމިއްލަ އެކައުންޓުތައް މިހާރު ހިފަހައްޓާފައިވާ ކަމަށާއި އެކަންކޮށްފައިވަނީ އެކަންކުރަންޖެހޭ އުޞޫލުން ކަމަށެވެ. އަދި މައްސަލަތަކުގެ ތަފްޞީލުތައް ހާމަކުރެވޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކޯޓުތަކުގައި މައްސަލަތައް ކުރިމަތިވާން ފެށުމުން ކަމަށެވެ.
މިއަދު އޮންލައިން