ސައުދިއަރަބިޔާގެ ޤާޠިފްގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅުނު 2 ޓެރަރިސްޓަކު ސައުދީ ފުލުހުން އަތުލައިގެންފިއެވެ.
މި 2 މީހުން އަތުލައިގަތުމަށް ހުކުރުވިލޭރޭ ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ވަނީ ފުލުހުންނަށް ހަމަލާދީފައެވެ. ރައްދުގައި ފުލުހުން ހަމަލާ ދިނުމުން 2 މީހުންނަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ދެ މީހުން ތިބިގެ ވަށައިލުށްފަހު އަމާން ދިނުމަށް އެންގުމުން އެމީހުން ހަމަލާދިނީ ކަމަށެވެ.