ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ ކޮރަޕްޝަން ނައްތާލައިގެން: ވޯލްޑް ބޭންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ ކޮރަޕްޝަން ނައްތާލައިގެން: ވޯލްޑް ބޭންކް
ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. އެބޭންކުން މިމޭރުމުން ބުުނެފައިވަނީ ސައުދީން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެބޭންކުން ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް، ޙާފިޛް ޣާނިމް ވިދާޅުވި ކޮންމެ ޤައުމަކަށް ވެސް އެންމެ މުހިންމީ ކޮރަޕްޝަނުން ސަލާމަތްވެފައި އޮތުން ކަމަށެވެ. ކޮރަޕްޝަނުން ސަލާމަތްވެގެން ނޫނީ އެއްވެސް ޤައުމެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.

ވޯލްޑް ބޭންކުން ވަނީ ސައުދީއަރަބިޔާގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ޚާއްޞަކޮށް ޕްރޮކިޔުމަންޓް ސިސްޓަމަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ކަންކަން ކަމަށް ހެދުމަށް ވޯލްޑޝް ބޭންކުން މިހާރުވެސް ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޙާފިޛް ވަނީ ވޯލްޑް ބޭންކުން ހާމަކުރާ "ޑުއިންގ ބިޒްނަސް އިންޑެކްސް"ގެ އެންމެ ފަހުގެ ރިޕޯޓުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ 20 ޤައުމުގެތެރޭގައި ސައުދިއަރަބިޔާ ހިމެނޭކަން ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން