ޑައިނަސޯ މިއަރެއް ބޭނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ޑައިނަސޯ މިއަރެއް ބޭނިއްޖެ
ވަރަށް މަދުން ނޫނީ ނުބޭނޭ ޑައިނަސޯ މިއަރެއް ޕޯޗުގަލްގެ މަސްވެރިން ބާނައިފިއެވެ.



މަސްވެރިން ބުނީ ބޮޑުމިނުގައި 5 ފޫޓު ހުރި މި މިއަރު ބޭނުނީ 2،300 ފޫޓު އަޑިން ކަމަށެވެ. ރެކޯޑުކުރެވިފައިވާ ގޮތުން މިބާވަތުގެ މިއަރު 5،150 ފޫޓު އަޑިންވެސް ވަނީ ބޭނިފައެވެ.



ބުނެވޭގޮތުން މިބާވަތުގެ މިއަރަކީ 80 މިލިއަން އަހަރުގެ ތާރީޚެއް އޮތް އެއްޗެއް ނަމަވެސް ދަތްތައް ތޫނު، ބިރުވެރި ފާޑަކަށް ފެންނަ މި މިއަރު ޑައިވަރުންނަށް ފެނިފައެއް ނުވެއެވެ.

ސައިންސްވެރިން ގެންދަނީ މިޔަރު ތަޙްލީލްކުރަމުންނެވެ.
މިއަދު އޮންލައިން