ބަހްރައިނުގެ ތެޔޮ ހޮޅިއެއް އީރާނުގެ އެހީގަ ގޮއްވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ބަހްރައިނުގެ ތެޔޮ ހޮޅިއެއް އީރާނުގެ އެހީގަ ގޮއްވާލައިފި
ބަހްރައިނުގެ ތެޔޮ ހޮޅިއެއް ހުކުރު ދުވަހުގެ ރޭ ގޮއްވައިލީ ބަހްރައިނުގައި ތިބި ބައެއް ކަމަށާއި އެމީހުންނަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދިނީ އީރާނުން ކަމަށް ބަޙްރައިނުން ބުނެފިއެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ. މިހަމަލާގެ ސަބަބުން ބައެއް ކާރުތަކަށާއި އެ ސަރަހައްދުގައި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ފުލުހުން މިކަމުގައި އަދި ތަފްޞީލެއް ނުދެއެވެ. ބުނެފައިވަނީ އެކަމުގައި ބައިވެރިވި މީހުން ޙޯދަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން