ކަނޑު ދަތުރުކުރާ ބޯޓުަފަހަރަށް އަމާޒުކޮށްގެން ހަމަލާދޭން މަސައްކަތްކުރަމުން ގެންދިއަ ހޫތީ ހަނގުރާމަވެރިންތަކެއް އަތުލައިގެންފިއެވެ.
ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ ވިދާޅުވީ ބަވާދީ ޖަޒީރާއިން އަތުލައިގަތް މި މީހުން ތައްޔާރުވަމުން ދިއައީ ބޯޓުފަހަރު ފޫއަޅުވައިލުވޭފަދަ ބޮންތަކުން ހަމަލާ ދިނުމަށާއި މައިން ބޭނުންކޮށްގެން ބޯޓުފަހަރު ގޮއްވުމަށް ކަމަށެވެ.
ތުރުކީ ވިދާޅުވީ މިކަންކަން ކާމިޔާބުކުރެވުނު ނަމަ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށެވެ.