ކައިވެނި ކުރަން އޮތް ދުވަހު އަންހެން މީހާ އެޑްމިޓް ކުރަންޖެހުމުން, ކައިވެނި ކުރީ ހޮސްޕިޓަލުގައި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ކައިވެނި ކުރަން އޮތް ދުވަހު އަންހެން މީހާ އެޑްމިޓް ކުރަންޖެހުމުން,  ކައިވެނި ކުރީ ހޮސްޕިޓަލުގައި
ދުނިޔޭގައި އާދަޔާ ޚިލާފު ގޮތްގޮތަށް ކައިވެނި ކުރާ މީހުން މަދެއް ނޫނެވެ. މިދެމަފިރިންގެ ކައިވެނި ކުރެވުނީ ހޮސްޕިޓަލުގައެވެ.

ސައުދީ އަރަބިއާ ގެ ދައްމާމް ގައި މެކޭނިކަލް އިންޖީނިއަރެއްގެ މަސައްކަތް ކުރާ އެމްޑީ ޝާހްނަވާޒް އާލަމް އާއި ވަކީލެއް ކަމުގައިވާ ހޭރާ ޖާވިދު، ގެ ކައިވެނި ބާއްވަން ކަނޑައެޅިފައިވީ ބޭނިއަޕުކޫރް ގެ ޔުނައިޓެޑް ޕެލެސް ގައެވެ.

ނަމަވެސް ކައިވެނި ކުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިން ހޭރާގެ ބަލި ހާލަތު ކުއްލިގޮތަކަށް ވަރަށް ބޮޑަށް ގޯސްވުމުން، އޭނާގެ އާއިލާއަށް ޖެހުނީ ޖީޑީ ހޮސްޕިޓަލަށް އޭނާ ގެންގޮސް އެނދުމަތި ކުރާށެވެ. ނަމަވެސް ހޭރާ އާއި ކައިވެނި ކުރަން ޝާހްނަވާޒް ވަރަށް ބޮޑަށް ބޭނުންވެފައިވުމުން، އެދެމަފިރިން ގެ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތް ދުވަހު، އެކައިވެނި ކުރެވުނެވެ. ޤާޒީއާއި ވަރަށް ބޮޑަށް ވާހަަކަ ދެއްކުމަށްފަހު، އާއިލާގެ 15 މެންބަރުންނާއިއެކު، އެހޮސްޕިޓަލުގައި ހޭރާ އާއި ޝާހްނަވާޒް ގެ ކައިވެނި ކުރެވުނެވެ.

ޝާހްނަވާޒުގެ އެހަރަކާތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ސަނާ ކިޔާފައެވެ. ހޭރާގެ ކޮއްކޮ ވެސް ބުނެފައިވަނީ ޝާހްނަވާޒަކީ "ހީރޯ" އެއް ކަމަށެވެ. އަދި އަނެއް ބަޔަކު ބުނެފައިވަނީ އޭނާއަކީ ހިންދީ ފިލްމު ވިވާހް ގެ ޝާހިދު ކަޕޫރު ކަމަށެވެ. ވިވާހް ގައި ޝާހިދު ކަޕޫރުވެސް ކައިވެނި ކުރަނީ، އޭނާ ކައިވެނި ކުރަން އުޅުނު ކުއްޖާ ވަރަށް ބޮޑަށް ފިހުމަށްފަހު، ހޮސްޕިޓަލުގައި އޮއްވައެވެ.

މިދިޔަ ބުދަ ދުވަހު ކޮންފެރެންސް ހޯލުގައި، ކުރެވުނު މިކައިވެންޏާއި ބެހޭ ގޮތުން "ބްރައިޑް" ހޭރާ ބުނެފައިވަނީ އޭނާގެ ކައިވެނި ކުރަން ހަމަޖެހުނު ދުވަހު ކައިވެނި ކުރެވުނީތީ އުފާވާ ކަމަށާއި ނަމަވެސް އެކައިވެނި ކުރަން އެދެމަފިރިން ނިންމި ގޮތަށް އެކަން ނުވުމުން އެކަމާއި ދެރަވާ ކަމަށެވެ.

މިއަދު އޮންލައިން