މިސްކިތްތައް ބަންދުކުރެވިދާނެ- ނަމާދު ކުރުމެއްް ނުހުއްޓުވޭނެ: ފަރަންސޭސި މުސްލިމުން
ފަރަންސޭސި ވިލާތުގެ މުސްލިމުންގެ ތެރެއިން 200 ވަރަކަށް މީހުން އާންމު ބިމެއްގައި ހުކުރު ނަމާދުކުރީ އެމީހުން ނަމާދުކުރާ މިސްކިތް ބަންދުކުރަން މޭޔަރު ނިންމުމާއި ގުޅިގެންނެވެ.
ދުވާލަކު 5000 އެއްހައި މުސްލިމުން ނަމާދުކުރަމުން އައި މިސްކިތް ބަންދުކުރުމުން މުސްލިމުންނަށް މިހާރު ދާންޖެހެނީ 1.5 ކިލޯ މީޓަރު ދުރުގައި ހުރި މިސްކިތަކަށެވެ. އެއީ ގިނަ ބައަކަށް އެހައި ފަސޭހަކަމެއް ނޫނެވެ.
މުސްލިމުން މިސްކިތުން ބޭރުގައި ނަމާދުކުރާތީ ހުކުރު ދުވަހު ޕެރިހުގެ މަގުތަކުގައި މޭޔަރާއި 60 ވަރަކަށް އެމްޕީން އިސްވެ ތިބެ ވަނީ ބޮޑު މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާގައި ގޮވަމުން ދިއައީ ޢާންމު ތަންތަނުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ. އެކަން މަނާކުރަންޖެހޭނެ ކަމަށެވެ.
ފރަންސޭސިވިލާތުގައި މިސްކިތްތައް މަދުވެފައި ސަރުކާރުން މިސްކިތްތައް ބަންދުކުރަމުން ގެންދާތީ މަގުމަތީގައި ނަމަވެސް ނަމާދުކުރަން މުސްލިމުންނަށް ވަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ ފިއްތުންތަކާއިއެކުވެސް ފަރަންސޭސިވިލާތުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީނެވެ.
މުސްލިމުން ތިބީ ސަރުކާރުން ކުރާ ދުއްތުރާތަކަށް ފަސްޖެހި ބަމާދުކުރުން ހުއްޓާލާކަށް ނޫނެވެ. އެމީހުން ބުނަމުން ގެންދަނީ ކިތަންމެ ވަރަކަށް މަޖުބޫރު ކުރި ނަމަވެސް ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތިކުރުވި ނަމަވެސް އެމީހުން ނަމާދުކުރުން ނުހުއްޓުވޭނެ ކަމަށެވެ.