އެމެރިކާގެ މެރީނަށް މީހުން ވެއްދުމަށް ދޭ ތަމްރީނުތަކުގަ ހަރުކަށިކަންް ހައްދުފަހަނައެޅި އޮފިސަރަކު 10 އަހަރަށް ޖަލަށް!
އެމެރިކާގެ މެރީނަށް އަލަށް ވައްދާ މީހުންނަށް ތަމްރީނު ދިނުމުގައި ހަރުކަށިކަން ހައްދުފަހަނައަޅައި ދިއަ އިންސްޓްރަކްޓަރަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ހުކުރު ދުވަހު ކޯޓުން ިގަދަ ހުކުމެއް ކުރީ އޭނާގެ ސަބަބުން ކުއްޖަކު އިމާރާތަކުން ވެއްޓި މަރުވެފައިވާ މައްސަލައެއް ވެސް ފެންމަތިވުމާއި ގުޅިގެންނެވެ.
އެކުއްޖާ މަރުވުމުން އެއީ އަމިއްލައަށް މަރުވުމަށް އޭނާ ކުރި ކަމެއްކަމަށް ހަދަންވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ކުއްޖާގެ ޢާއިލާގެ ފަރާތުން ވަނީ އެއީ ދޮގެއްކަން ކޯޓުގައި ސާބިތުކޮށްދީފައެވެ.