ބެއިޖިންގ ގެ ހޮސްޕިޓަލެއްގައި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 33ސ
ބެއިޖިންގ ގެ ހޮސްޕިޓަލެއްގައި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފި


ޗައިނާގެ ބެއިޖިންގ ހޮސްޕިޓަލެއްގައި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފިއެވެ.

މި ރޮބޮޓުތައް ފަރުމާކޮށްފައިވަނީ ޚިދުމަތްހޯދާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ކިޔައިދިނުމާއި ލިޔުމުންވެސް ފޯރުކޮށްދޭ ގޮތަށެވެ.

އެގޮތުން ޑޮކްޓަރުންގެ ޑިއުޓީ އާއި ސިއްޙީގޮތުން ބޭނުންވާ ގިނަ މަޢުލޫމާތު އެކި ބަސްބަހުން ފޯރުކޮށްދިނުމުގެ ޤާބިލުކަން މި ރޮބޮޓްތަކަށް ލިބިގެންވެއެވެ.
އެ ޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިގޮތަށް ރޮބޮޓްތަކެއް ޚިދުމަތަށް ނެރުމުން ބިޒީވެގެންނާއި އެކިކަހަލަ ކަންތައްދިމާވެގެން އޮފީހަށް ނާދެވޭ މުއައްޒަފުންގެ ސަބަބުން ކަސްޓަމުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ލިބޭނެއެވެ.


މިއަދު އޮންލައިން