ދިރާގުން ތިން މަސް ދުވަސް ވަންދެން ފަންސަވީސް ޕަސަންޓް ޑިސްކައުންޓަކާއިއެކު ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ދިރާގުން ތިން މަސް ދުވަސް ވަންދެން ފަންސަވީސް ޕަސަންޓް ޑިސްކައުންޓަކާއިއެކު ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފި
ހިލޭ ގުޅައި ދިނުމާއި ތިން މަސް ދުވަސް ވަންދެން %25 ޑިސްކައުންޓާއިއެކު ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް، އެކުންފުނީގެ "ފައިބަރ ޓު ދަ ހޯމް" ގެ 100 އެމްބީޕީއެސް ޕެކޭޖުން ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

މިއަދުން ފެށިގެން އަންނަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މިޕްރޮމޯޝަނުގައި، ފައިބާރ ކަނެކްޝަނާއި އޭޑީއެސްއެލް ގުޅައި ދިނުން މުޅިން ހިލެއެވެ. އަދި މީގެ އިތުރުން މިޕްރޮމޯޝަނުގައި ތިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީ ގެ ގޮތުގައި ދައްކާ އަދަދުން %25 ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

"ފައިބާ ޓު ދަ ހޯމް" މާލެ، ވިލިމާލެ، ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ދިރާގުން ވަނީ ފޯރު ކޮށްދީފައެވެ. ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން އޭޑީއެސްއެލް ގެ ހިދުމަތް ލިބޭއިރު ދިރާގުގެ ފައިބާރ ބްރޯޑްބޭންޑުގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ 5، 10، 15، 25، 50 އަދި 100 އެމްބީޕީއެސް އެވެ.

މިއަދު އޮންލައިން