އެމެރިކާގެ ރައީސް ޓްރަމްޕުގެ ދަރި އިވާންކާ ޓްރަމްޕް، ނޮވެމްބަރު މަހުގެ ފަހުކޮޅު އިންޑިއާއަށް ދާތީ މަގުމަތީގައި ސަލާންޖަހާ މީހުން ހައްޔަރުކުރަން ސަރުކާރުން ފަށައިފިއެވެ.
ހައިދަރު އާބާދުގެ ފުލުހުން މިހާރު ގެންދަނީ މަގުމަތީގައި ސަލާންޖަހާ މީހުން ހޯދައި ބަންދުކުރަމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ އަމުރަށް ކުރިއަށް ގެންދާ މިހަރަކާތް ކުރިއަށް އޮތް ދެމަސް ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.
އިވާންކާ އިންޑިއާއަށް ދަނީ އިންޑިއާ އަކީ ޓެކްނޮލޮޖީގެ ހަބެއް ކަމަށް ހަދަން ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ ސަމިޓެއްގައި ބައިވެރިވުމަށެވެ.