އިރާނާއި އިރާޤް ގުޅޭ ބޯޑަރު ސަރަހައްދަށް ރޭ ހެކްޓަރު މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިން ހެލުމުގައި މަރުވިކަން މިހައިތަނަށް ޔަޤީން ކުރެވުނު މީހުންގެ އަދަދު 145 އަށް އަރައިފިއެވެ.
ކާރިސާގައި 850 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ވެށްޓުނު އިމާރާތްތަކުގެދަށުގައި ގިނަ ބައަކު އަދިވެސް ތިބީ ތާށިވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކާރިސާގެ އަސަރު ބޮޑު ސަރަހައްދަކަށް ވަނީ ކޮށްފައެވެ. ބިންހެލުމުގެ އަސަރު ބަޣްދާދާ ހަމައަށް ވެސް ކުރިކަން ވަނީ ހާމަވެފައެވެ.
ގުޅުންހުރި ވީޑިއޯއެއް: