ކޮސްޓާރިކާއަށް ބާރުގަދަ ބިންހެލުމެއް
ކޮސްޓާރިކާއަށް އިއްޔެ ވަނީ ރެކްޓަރު މިންގަނޑުން 6.5 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ކާރިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަން ރިޕޯޓްކޮށްފައެއް ނުވެއެވެ.
ބިންހެލުން އައިސްފައިވަނީ އިއްޔެ ހެނދުނު 8:30 ހައިއިރު ގިނަ ފަތުރުވެރިން ތިބި ޖަކޯ ބީޗާ 20 ކިލޯ މީޓަރު ދުރަށެވެ. ބިންހެލުމާއި ގުޅިގެން ސުނާމީ އެލަރޓް ނެރެފައެއް ނުވެއެވެ.
ބިންހެލުމުގެ ސަބަބުން ވެރިރަށާއި އެހެންވެސް ގިނަ ސަރަހައްދުތަކުގެ އިމާރާތްތަކަށް ވަނީ އިރުކޮޅެއްވަންދެން ލޮޅުންތައް އަރައިފައެވެ.