މީހުން މަރާ ކޮންމެ ހާދިސާއެއް ނުހުއްޓުވޭނެ: މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މީހުން މަރާ ކޮންމެ ހާދިސާއެއް ނުހުއްޓުވޭނެ: މިނިސްޓަރު
މީހުން މަރާ ކޮންމެ ހާދިސާއެއް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރެވޭހައި އަދަދަކަށް ފުލުހުން ނެތް ކަމަށް ރާޖަސްތާނުގެ ހޯމް މިނިސްޓަރު ބުނެފިއެވެ.

އޭނާ މިމޭރުމުން ބުނީ ރާޖަސްތާނުގައި ގެރި ގެންގުޅޭތީ ގިނަ ބައަކު މަރާފައިވާ ހާދިސާތަކާއި ގުޅިގެން ޕާލަމެންޓުގައި ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މިނިސްޓަރު ބުނީ ކޮންމެ ދީނެއްގެ މީހަކު މެރި ނަމަވެސް އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.

މީނާ މިހެން ބުނި ނަމަވެސް މީގެ 7 މަސް ދުވަސް ކުރިން މެރި މީހުންގެ މައްސަލަތައް ބަލަން ފެށީ ދާދިފަހުންނެވެ. ހައްޔަރުކުރެވުނު ކަމަށް ވަނީ އެންމެ ހާދިސާ އަކާއި ގުޅުންހުރި އެންމެ މީހެކެވެ. ފުލުހުން ބުނަނީ އެ ހާދިސާގައި ވެސް 6 މީހުން ބައިވެރިވިކަމަށް ބެލެވޭ ކަމަށެވެ.
މިއަދު އޮންލައިން