ދިއްލީ ސަރަހައްދު ވިހަ ދުމުން ފުރިފައިވާ މައްސަލަ ސްޕްރީމް ކޯޓުން ބަލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ދިއްލީ ސަރަހައްދު ވިހަ ދުމުން ފުރިފައިވާ މައްސަލަ ސްޕްރީމް ކޯޓުން ބަލަނީ
އިންޑިއާގެ ވެރިރަށް ދިއްލީ އާއި އަދި އެ ސަރަހައްދުގައިވާ އެހެން އަވަށްތަކަށް ކުރިމަތިވެފައިވާ ވިހަ ދުންތަކުގެ މައްސަލަ ބަލަން ދިއްލީގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

ފަނޑިޔާރުންގެ ބެންޗް ހަމަޖައްސައި މައްސަލަ މިއަދު ތާވަލުކުރަން ވެސް ވަނީ ނިންމައިފައެވެ.

ސްޕްރީމް ކޯޓުން ބުނެފައިވަނީ ޕޮލިއުޝަނުގެ ސަބަބުން މިހައި ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރު އެއީ ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ ބުނަމުން ގެންދަނީ ޕޮލިއުޝަން ކޮންޓްރޯލްކުރަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ވިހަ ދުންތައް ޖައްވަށް ބޭރުވާ ސަބަބުތައް ނައްތައިލަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން