14 އަހަރުގެ ކުއްޖަކު ފަހަތަށް ޖެހި ކާރަކުން ޖެހި މާބަނޑު އަންހެނަކު މަރު- ފިރި މީހާ ސީރިއަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
14 އަހަރުގެ ކުއްޖަކު ފަހަތަށް ޖެހި ކާރަކުން ޖެހި މާބަނޑު އަންހެނަކު މަރު- ފިރި މީހާ ސީރިއަސް!
އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ފަހަތަށްޖެހި ކާރަކުން ޖެހި މާބަނޑު އަންހެނަކު މަރުވެ އޭނާގެ ފިރިމީހާގެ ޙާލު ވަރަށް ސީރިއަސްވެއްޖެއެވެ.

އިންޑިއާގެ ނޮއިދާގައި ހިނގި މިހާދިސާގައި މަރުވީ ބަނޑަށް 8 މަހުގެ އަންހެނެކެވެ. ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އަދި ފިރިމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިން އައީ ބާޒާރުކޮށްގެންނެވެ.

މަންޒަރު ދުށް މީހުން ބުނެފައިވަނީ ކާރު ޕާކުކޮށްފައި އޮއްވައި ނެރެން ވެގެން ފަހަތަށް ޖެހުމުން އެ ދެމަފިރިންގެ ގައިގައި ޖެހުމުގެ އިތުރުން ދެ ކާރުގައި ޖެހުނު ކަމަށާއި ކާރު މައިތިރިވީ ހޮޅިދަނޑިއެއްގައި ޖެހިފައި ކަމަށެވެ.

ޢާންމު ކާރުޕާކެއްގައި ޕާކުކޮށްފައި އޮތް ކާރު އެކްސިޑެންޓުވެ ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބަންދުކޮށްފައިވަނީ އެ ތަނުގެ ޕާކިން ބަލަހައްޓާ އެޓެންޑެންޓެވެ.
މިއަދު އޮންލައިން