ޑްރަގު އެތެރެކުރުމަށްޓަކައި އޮކްސްފޯޑް ޑިކްޝަނަރީ ފޮތާއި މެޓާ އާއި ޗޮކްލެޓާއި ދޮންކެޔޮ ފަދަ ތަކެތި ވެސް ބޭނުންކުރިކަމަށް ބުނެއެވެ.
ދުބާއީ ފުލުހުން ބުނެފައިވަނީ 2016 ވަނަ އަަހަރުން ފެށިގެން ޔޫރަޕުގެ ޤައުމުތަކަށް ޑްރަގު އެތެރެކުރުން ހުއްޓުވުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން ޔޫއޭއީގެ ފުލުހުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން 7 ޤައުމަކަށް ދުބާއީގެ ތަމްރީނު ލިބިފައިވާ އޮފިސަރުން ފޮނުވައިގެން އެހީތެރިވިކަމަށް ވެސް ދުބާއީ ފުލުހުން ބުނެއެވެ.
މި މައްސަލަތަކުގައި 80 މީހުން ވަނީ ބަންދުކޮށްފައެވެ. ޑްރަގުގެ ވަބާއަކީ މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާގެ ގޮތުގައި ވަނީ ބެލެވިފައެވެ.