ޓީރެކްސް ބަލިކޮށް ކިންގްސް ބީސީ ފައިނަލުން ޖާގަ ހޯދި އިރު، ދަ ބައުސް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ޓީރެކްސް ބަލިކޮށް ކިންގްސް ބީސީ ފައިނަލުން ޖާގަ ހޯދި އިރު، ދަ ބައުސް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފި
ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު، ޓީރެކްސް ބަލިކޮށް ކިންގްސް ބީސީން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗު ކިންގްސް ބީސީ އިން ޓީރެކްސް ބަލިކުރީ 90 ޕޮއިންޓު 101 ޕޮއިންޓުންނެވެ.

ކިންގްސް އަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ ސަރބިއާގެ ކުޅުންތެރިއާ ނިކޯލާ ވޮރޯވިޗާއި މުހައްމަދު ޒިލާލް އަދި ރިޝްފާން ރަޝީދެވެ.

ޓީރެކްސްގެ ޓީމުން އެންމެމޮޅު ކުޅުމެއް ދައްކާފައިވަނީ އަހުމަދު ޒަބީރާއި ހުސެއިން ހަލީމެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުން ދަ ބައުސް ވަނީ ރެޕްޓާސްގެ މައްޗަށް ކުރި ހޯދާފައެވެ. ބައުސް މޮޅުވީ 93-66 އިންނެވެ.

މި މެޗުގައި ބައުސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޢަބްދުﷲ އަމްޒަރު އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ބުދަ ދުވަހު ހަވީރު ޓީރެކްސް އާއި ބައުސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަދު އޮންލައިން