ލެބަނަންގެ އިސް ފާދިރީއަކަށް ސައުދީން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ލެބަނަންގެ އިސް ފާދިރީއަކަށް ސައުދީން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި
ލެބަނަންގެ ކްރިސްޓިއަން ފައްޅިއެއްގެ އިސް ފާދިރިއެއް ކަމަށްވާ ޕެޓްރިއެޓް ބޭޗާރާއަށް ސައުދިއަރަބިޔާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޚަބަރުތައް ބުނާގޮތުން މީނާއަކީ ވަކި ދީނަކަށް ބެލުމެއްނެތި މީސްތަކުންގެ މެދުގައި ލޯބި އުފައްދަން މަސައްކަތްކުރާ ފާދިރީއެކެވެ.

ހޯމަ ދުވަހު އޭނާ ރިޔާޛަށް ދިއަ ފާދިރީ ސައުދި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ސައުދީގައި މިހާރު ހުރި ލެބަނަނުގެ ބޮޑުވަޒިރުކަމުން އިސްތިއުފާ ދީފައިވާ ހަރީރީ އާއިވެސް މީނާ ބައްދަލުކުރާނެކަމަށްވެއެވެ.

ފާދިރީ ވަނީ ސައުދީގައި ދިރިއުޅޭ ލެބަނަނުގެ 1500 ވަރަކަށް ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުން އޮތީ ލެބަނަން އެމްބަސީގައެވެ.
މިއަދު އޮންލައިން