ސައުދިއަރަބިޔާގައި ބާއްވާ ކާބޯތަކެތީގެ ވިޔަފާރީގެ އެންމެ ބޮޑު މައުރަޒު އާދީއްތަ ދުވަހުން ފަށައިގެން ޖިއްދާގައި ކުރިއަށް އެބަގެންދެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިއީ އެންމެ ބޮޑު ތަރުހީބެއް ލިބިފައިވާ އެކްސްޕޯއެވެ. ޔޫރަޕުގެ ޤައުމުތަކަށް ބެލި ނަމަވެސް 32 ޤައުމަކުން އެތައް ހާސް ބާވަތެއް ވަނީ ބައިވެރިކޮށްފައެވެ. މީގެ ތެރޭގައި 600 ބްރޭންޑް ހިމެނެއެވެ.
މިއީ މުޅި ދުނިޔެއަށް ހުލުވާލައިގެން ސައުދީގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ. މިފަދަ މައުރަޒެއްގައި ރާއްޖެއިން ބައިވެރިވިނަމަ ސައުދިއަރަބިޔާގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ ބޮޑެތި ކުންފުނިތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމުގެ ފުރުޞަތު ލިބި އިތުރު މާކެޓްތައް ލިބިގެންދިއުމުގެ ފުރުޞަތު ބޮޑެވެ.
ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކަށް އަރަބި ޤައުމުތަކުން މާކެޓް ހޯދަން މަސައްކަތްކުރާ ކަމުގެ ވާހަކަތަކުގެ އަޑު އަންނަނީ އިވެމުންނެވެ.