ސައުދީ ކޯލިޝަނުން ބަންދުކުރި ޔަމަނުގެ ޕޯޓްތައް ހުޅުވާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ސައުދީ ކޯލިޝަނުން ބަންދުކުރި ޔަމަނުގެ ޕޯޓްތައް ހުޅުވާލަނީ
ސައުދީ ކޯލިޝަނުން ބަންދުކޮށްފައިވާ ޔަމަނުގެ ޕޯޓްތައް ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި ހުޅުވާލަން ނިންމައިފިއެވެ. މީގެތެރޭގައި ބަނދަރުގެ ޕޯޓްތަކާއި އެއާޕޯޓްތައްވެސް ހިމެނެއެވެ.

ޔަމަނުގެ ޕޯޓްތައް ހުޅުވާލަން ނިންމީ ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށެވެ. ނަމަވެސް ހޫތީންގެ ބާރުގެދަށުގައިވާ ޔަމަނުގެ މައި ބަނދަރު އަދިވެސް އޮތީ ހޫތީންގެބާރުގެދަށުގައި ކަމަށްވާތީ އެކަމަށް އަދިވެސް ގޮތެއް ނުނިންމައެވެ.

ސައުދީ ކޯލިޝަނުން ޕޯޓްތައް ބަންދުކުރީ ހޫތީ ހަނގުރާމަވެރިން ހަތިޔާރު އެތެރެކޮށް ސައުދިއަރަބިޔާއަށް ހަމަލާ ދޭން ފެށުމުންނެވެ.

މިއަދު އޮންލައިން