ޙާލުގަ ޖެހޭ މީހުންނަށް އެހީވުމަކީ އިސްލާމީ ބޭންކުތަކުގެ ޒިންމާއެއް: އެމިރާތީ އިސްލާމީ ބޭންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޙާލުގަ ޖެހޭ މީހުންނަށް އެހީވުމަކީ އިސްލާމީ ބޭންކުތަކުގެ ޒިންމާއެއް: އެމިރާތީ އިސްލާމީ ބޭންކް
ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކީ އިސްލާމީ ބޭންކުތަކުގެ އިޖުތިމާޢީ ޒިންމާއެއް ކަމަށް ބުނެ އެމިރާތީ އިސްލާމީ ބޭންކުން އެކަމުގެ ނަމޫނާ ދައްކައިފިއެވެ.

އެބޭނުންކުން ވަނީ މަރުގެ ދިޔައިގެ މައްސަލައިގައި ޔޫއޭއީ ގައި ތާށިވެފައި ހުރި އިންޑިއާ މީހަކަށް ދިޔައިގެ ގޮތުގައި ދައްކަން ޖެހުނު 200،000 ދިރުހަމް ދައްކައިދީފައެވެ.

އޭނާ ތާށިވީ އޭނާ މަސައްކަތްކުރާ ކުންފުނީގެ މުވައްޒިފަކު ދޮންނަ މެޝިނަކުން ދޮންނަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި މަރުވި މައްސަލައިގައެވެ. އޭނާގެ ބޮސްއަށް ލުޔެއް ދިނުމުގެ ގޮތުން ބޮސްގެ ޕާސްޕޯޓު މިނިވަންކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ކޯޓުގައި ބޭއްވުމުންނެވެ.

މައްސަލައިގައި ކޯޓުން ނިންމީ މަރުގެ ދިޔަ ދައްކަންޖެހޭނީ ޒިންމާ ނެގި ފަރާތުން ކަމަށެވެ. ކޯޓު ހުކުމުގެ ފައިސާ ދައްކައިދޭން ކަމަށް ބޮސް ބުނި ނަމަވެސް ފައިސާ ނުދައްކައި 3 އަހަރުވީފަހުން ޙާޓްޓޭކެއް ޖެހި ބޮސް މަރުވީއެވެ. ބޮސް މަރުވުމުން ކުންފުންޏާއި ހަވާލުވި ބޮސްގެ ދަރިފުޅުވެސް ފައިސާ ދައްކާނެ ކަމަށް ބުނެ ފައިސާ ނުދެއްކީއެވެ.

ބޭންކުން ބުނީ މި މައްސަލައިގައި އޭނާއަށް އެހީތެރިވީ އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތި ތާށިވެފައި ހުރުމުން ކަމަށެވެ.

އުމުރުން 61 އަހަރުގެ އިންޑިއާ މީހާ މިހާރު ވަނީ އަންހެނުންނާއި ދަރިފުޅު ގޮވައިގެން އިންޑިއާއަށް އެނބުރި ގޮސްފައެވެ.
މިއަދު އޮންލައިން