އިންޑިއާގެ ރައީސްގެ "އެއާ ހޮސްޓެސް" ދަރިކަނބަލުން އިދާރީ މަސައްކަތަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އިންޑިއާގެ ރައީސްގެ "އެއާ ހޮސްޓެސް" ދަރިކަނބަލުން އިދާރީ މަސައްކަތަށް ބަދަލުކޮށްފި
އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާގެ "އެއާ ހޮސްޓެސް" ދަރިކަނބަލުން ސްވާތީ، އުދުހުމުގެ ވަޒީފާއިން އެއާ އިންޑިއާގެ އިދާރީ ވަޒީފާއަކަށް ބަދަލުކޮށްފިއެވެ.

ސްވާތީ ބުނީ ބައްޕަ އަކީ އިންޑިއާގެ ރައީސް ނަމަވެސް ވަޒީފާ އަދާކުރުން ހުއްޓައިލަން ބޭނުން ނުވާ ކަމަށެވެ. އަދި ސެކިޔުރިޓީން ގޮވައިގެން ފްލައިޓުގައި ވަޒީފާ އަދާކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އެގޮތަށް އުދުހޭނަމަ އެއާ ލައިނަށް މުހިންމު ސީޓުތަކެއް ކޮންމެ ފްލައިޓަކުން ގެއްލިގެންދާނެ. އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން."

ސްވާތީ އަކީ ނަމުގެ ފަހަތަށް ޢާންމުކޮށް އޭނާގެ ބައްޕަގެ ނަން ބޭނުންކުރަން ބޭނުންވާ ކުއްޖެއް ނޫނެވެ. އަމިއްލަ މިނިވަންކަމަށް އިސްކަންދޭ ކުއްޖެކެވެ.
މިއަދު އޮންލައިން