އީރާނަށް އައި ބިންހެލުން- 530 މަރު- ސަރަހައްދު މުޅިން ފުނޑިފަ- އެންމެންގެ ލޮލުން ކަރުނަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އީރާނަށް އައި ބިންހެލުން- 530 މަރު- ސަރަހައްދު މުޅިން ފުނޑިފަ- އެންމެންގެ ލޮލުން ކަރުނަ
އާދީއްތަ ދުވަހުގެ ރޭ އީރާން- އިރާޤް ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 530 އަށް އަރައިފިއެވެ. މިއަދަދު 580 އަށް އިތުރުވެދާނެ ކަމަށް ބެލެވެއެވެ. 530 މިއީ މިއަހަރު މިފަދަ ކާރިސާއެއްގައި މީހުން މަރުވި ރެކޯޑް އަދަދެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހުންގެ އަދަދު މިހާރު ވަނީ 7،460 އަށް އަރައިފައެވެ. ބިންހެލުމުގެ އަސަރު ވަނީ 7 ސިޓީއަކަށާއި 1950 އަވަށަކަށް ކޮށްފައެވެ. 12،000 ގެ ވަނީ އެކުގައި ވެއްޓިފައެވެ. އިތުރު 15،000 ގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ކާރިސާގައި ހާލުގައި ޖެހުނު އެންމެންނަށް ބޯހިޔާވާނެ ޓެންޓު އަދިވެސް ނުލިބެއެވެ. ކާބޯތަކެއްޗާއި ބޯފެންވެސް ނުލިބެއެވެ.

އީރާނުގެ ސަރުކާރުން ގެންދަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. ރައީސް ހުމައިނީ ވަނީ ހަމައެކަކުވެސް ދޫނުކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
މިއަދު އޮންލައިން