ދެކުނު ކޮރެއާއަށް ބިންހެލުމެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ދެކުނު ކޮރެއާއަށް ބިންހެލުމެއް

ދެކުނު ކޮރެއާގެ ދެކުނެ ސަރަހައްދުތަކަށް 5.5 މެގްނިޓިޔުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު މެންދުރު އައި މި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގައި ބައެއް އިމާރާތްތަކަށް ވަނީ ގެއްލުންވެފައެވެ. ގޭތެރޭގައި ފަރުނީޗަރުތައް ގުޑައިފައެވެ.

ބިންހެލުމުގެ އަސަރު ވެރިރަށް ސޯލަށް ވެސް ކުރިކަމަށް ބުނެއެވެ. ކޮރެއާގެ ސަރަހައްދަށް ޢާންމުކޮށް ބިންހެލުމެއް ނާދެއެވެ. ނަމަވެސް ސެޕްޓެންބަރު މަހު ވަނީ ބިންހެލުމެއް އައިސްފައެވެ. ރިޕޯޓްތައް ބުނަނީ ބިންހެލުން އަންނަން ފެށީ އުތުރު ކޮރެއާއިން ނިޔުކްލިއަރ ޓެސްޓޗތައް ކުރަން ފެށުމުން ކަމަށެވެ.
މިއަދު އޮންލައިން