މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ކޯޓަކުން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ އޭނާގެ ދެ ދުވަސްވީ އަންހެން ދަރިފުޅު ރޯތީ މޫނުމަތީގައި ޖަހައި މަރާލުމުގެ ކުށުގައެވެ.
ކުއްޖާގެ މަންމަ ބުނީ އޭނާގެ ބޮލުގައި ރިއްސާތީ ބޭސްކައިގެން ނިދީ ކުއްޖާ ބަލައިދިނުމަށް ފިރިމީހާގެ ކިބައިން އެދުމުން އެކަން އޭނާ ޤަބޫލުކުރުމުން ކަމަށެވެ. "އަހަރެންނަށް ހާލެވުނީ މީހަކު ވަރަށް ބާރަށް ޖެހި އަޑު އިވިގެން. ތެދުވެ ބަަލައިލިއިރު ދަރިފުޅު މަރަށް ތެޅެނީ."
ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މީގެ 3 ދުވަސް ކުރިން އޭނާ މަރުވެފައި އޮއްވާ ފެނުނީ ޖަލުގެ ގޮޅީތެރެއިންނެވެ. އޭނާ މަރައިލީ ކަމަށް ބަލައި ގޮޅީގައި ބަންދުކޮށްފައި ހުރި މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.