ޓެރަރިޒަމުގެ ކަންކަމުގަ އަންހެނުން ބައިވެރިވާ މިންވަރާމެދު ކަންބޮޑުވުން އިތުރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޓެރަރިޒަމުގެ ކަންކަމުގަ އަންހެނުން ބައިވެރިވާ މިންވަރާމެދު ކަންބޮޑުވުން އިތުރުވެއްޖެ
ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ ޓެރަރިޒަމުގެ ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުވާތީ ކަންބޮޑުވުން އިތުރުވެއްޖެއެވެ. މިމައްސަލަތައް އެންމެ ބޮޑުވެފައިވަނީ އަރަބި ޤައުމުތަކުގައެވެ.

އަންގާރަ ދުވަހު ސަލްމާން ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ސައުދީ ވަޒީރުންގެ މަޖިލީހުގައިވެސް ވަނީ މިކަމަށް މަޝްވަރާކުރައްވައިފައެވެ.

ސައުދީ ތައުލީމީ ވަޒީރު ވިދާޅުވީ ސައުދިއަރަބިޔާގެ ސްކޫލުތަކުގަ އާއި ޔުނިވަރސިޓީތަކުގައި މިކަމަށް އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުވަން އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރެވޭ ކަމަށެވެ.

ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އަންހެނުން ގިނައިން ޓެރަރިޒަމުގެ ތެރެއަށް ވަންނަމުން ދަނީ އެމީހުންގެ ލޯބިވެރިންގެ ސަބަބުން ކަމަށެވެ. ހަމައެއާއިއެކު ޢާއިލާތަކަށް ސިފައިންނާއި ޓެރަރިސްޓް ޖަމާއަތްތަކުން ދޭ ޓެރަރިސްޓް ހަމަލާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހިފުމުގެ ރޫޙުގައި އެފަދަ ކަންކަމުގައި ބައިވެރިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މިއަދު އޮންލައިން