އެއާ އިންޑިއާ އިން ދަތުރުކުރި ފަސިންޖަރަކަށް ހާޓްއެޓޭކެއްޖެހި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
އެއާ އިންޑިއާ އިން ދަތުރުކުރި ފަސިންޖަރަކަށް ހާޓްއެޓޭކެއްޖެހި މަރުވެއްޖެ
ސައުދިއަރަބިޔާގެ ރިޔާޛް އިން އިންޑިއާގެ ކާލިކަޓަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކުން ދަތުރުކުރި ފަސިންޖަރަކަށް ހާޓް އެޓޭކެއް ޖެހި މަރުވެއްޖެއެވެ.

ފްލައިޓް ދަތުރުފެށިތަނާ ފްލައިޓުގައި އިން 35 އަހަރުގެ އިންޑިއާ ޒުވާނެއް ކަމަށްވާ މުޙައްމަދު ސާލިމް ބުނީ އޭނާއަށް އުނދަގޫތަކެއްވާ ކަމަށެވެ. އެކަމަށް ބަލައި ކުއްލި ހާލަތުގައި ފްލައިޓް އަބޫދާބީއަށް ޖައްސައި ވަގުތުން ފަރުވާ ދޭން ފެށިއެވެ.

ހޮސްޕިޓަލަށް ގެންދިއަތަނާ އޭނާ ވަނީ ނިޔާވެފައެވެ. ޑޮކްޓަރުން ބުނަނީ ހާޓްއެޓޭކެއް ޖެހުނީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު އޮންލައިން