ލީބިޔާގައި އަޅުންގެ ބާޒާރެއް އުފައްދައި ރިފިޔުޖީއެއް 300 ޑޮލަރަށް ވިއްކަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ލީބިޔާގައި އަޅުންގެ ބާޒާރެއް އުފައްދައި ރިފިޔުޖީއެއް 300 ޑޮލަރަށް ވިއްކަނީ

ލީބިޔާގައި އަޅުންގެ ބާޒާރެއް އުފައްދައި 300 ޑޮލަރަށް ރިފިޔުޖީއެއް ވިއްކަން ފަށައިފިއެވެ. ކަންކަން ހޯދާ ބައަކު ސިއްރުން ކުރި ވީޑިއޯއަކުން އެނގޭ ގޮތުގައި ކޮންމެ 2 މިނެޓަކުން ރިފިޔުޖީއެއް ވިއްކާލައެވެ.

އަޅުންގެ ގޮތުގައި ރިފިޔުޖީން ގަނެގެން ގެންދަނީ ދަނޑުބިންތަކާއި އެނޫންވެސް ބުރަ މަސައްކަތްތައް ކުރުވުމަށެވެ.

އަމިއްލަ ޤައުމުގައި ދިރިއުޅެންޖެހޭ ނިކަމެތިކަން ބޮޑުކަމުން، ބޮޑު އާމްދަނީއެއް ހޯދައި އަރާމު ދިރިއުޅުމެއް އުޅުމުގެ ބޭނުމުގައި ރިފިޔުޖީންގެ ގޮތުގައި ޔޫރަޕަށް ދާން ބޭނުންވާ އެތައް ހާސް ބައަކު މިހާރުވެސް ލީބިޔާގެ އައްސޭރިފަށުގައި އެބަތިއްބެވެ. ގިނަ މީހުން ވަނީ އެގޮތް މިގޮތުން ފައިށާ ހޯދައި އެޖެންޓުންނަށް ފީ ވެސް ދައްކައިފައެވެ.

ޤައުމުތަކުގެ ނޭވީން ކަނޑުގެ ސަރަހައްދު ބަލަަހައްޓަމުން ގެންދާތީ ޔޫރަޕަށް ދަތުރުކުރުމަށް މިހާރުވަނީ ދަތިތައް ކުރިމަތިވެފައެވެ.
މިއަދު އޮންލައިން