ގްރީސްގައި ފެން ބޮޑުވެ 14 މީހުން މަރުވެއްޖެ
ގްރީސަށް އިއްޔެ ބޯކޮށް ވާރޭ ވެހުުގެ ސަބަބުން 14 މީހުން މަރުވެ ބޮޑުތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ގިނަ އަދަދެއްގެ ކާރުތަކާއި ވެހިކަލްތައް އޮޔާ ގެންގޮސްފައިވާއިރު އިމާރާތްތަކުގެ ބޭސްމަންޓްތަކުގައި ދިރިއުޅޭ މީހުން ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ މަސް ބޯޓުތައްވެސް ވަނީ ފެތިފައެވެ. ގެނބިގެންނާއި ތަފާތު މައްސަލަތައް ކުރިމަތިވެގެން ގިނަ ބައަކަށް ވަނީ ހޮސްޕިޓަލުތަކުން ފަރުވާ ދީފައެވެ.
ސަރަހައްދަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިއަދުވެސް ގްރީސަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ބެލެވިފައެވެ.