ސިފައިން ނުކުތީ މުގާބޭގެ އަންހެނުން ހުއްޓުވަން
ޒިމްބާބުވޭގެ މަގުތަކަށް ސިފައިން ނުކުމެ ޤައުމުގެ ބާރު ސިފައިންގެދަށަށް ގެންދިއައީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މގާބޭގެ އަންހެނުން ނުވަތަ އޭނާގެ ދަރިފުޅު ވާދަކޮށްފާނެތީ އެކަން ހުއްޓުވުމަށް ކަމަށް ސިފައިންގެ ބައެއް އޮފިސަރުން ބުނެފިއެވެ.
ޒިމްބާބްވޭގެ ހާލަތު އިތުރު ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި އަވަށްޓެރި ބައެއް ޤައުމުތަކުގެ އިސްވެރިން މިހާރު ވަނީ ޒިމްބާބްވޭއަށް ވަޑައިގެންފައެވެ. އެބޭފުޅުން މުގާބޭ އާއި އަދި ސިފފައިންނާއި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުގާބޭ އަކީ ޑިކްޓޭޓަރެއް ކަމަށް ދުނިޔެ ސިފަކުރި ނަމަވެސް އެ ޤައުމުގެ ގިނަ އަދަދެއްގެ ފަޤީރުންގެ ތާއީދު އަދިވެސް އޮތީ މުގާބޭއަށެވެ. އެ ޤައުމު އަޅުވެތިކަމުން ސަލާމަތްކޮށް އެމީހުންގެ ދަނޑުބިންތައް އަނބުރާ ހޯދައިދިނީ މުގާބޭ ކަމަށްވާތީއެވެ.
ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އަދިވެސް މުގާބޭއަށް އޮތުމުން ސިފައިން މިގެނައި ބަދަލުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުންތަކެއް ހިނގައިފާނެކަމަށްޓަކައި އަވަށްޓެރި ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.