ރޮހިންޔާ މުސްލިމުންނަށް ޖެއްސުވި ޙާލު: މަތިން އަލިފާން- ދުރުން ބަޑި- ކައިރިން ވަޅި: ރިޕޯޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރޮހިންޔާ މުސްލިމުންނަށް ޖެއްސުވި ޙާލު: މަތިން އަލިފާން- ދުރުން ބަޑި- ކައިރިން ވަޅި: ރިޕޯޓް

"ސިފައިންނާ ހާމުދުރުން ދިއައީ ދުރުން ބަޑިޖަހަމުން. މަތިން ގެންދިއައީ އަލިފާން އޮއްސަމުން. ގާތުން ދިއައީ ވަޅިހަރައި މީހުން މަރަމުން."
"ދިރިތިއްބާ އެންމެ ގިނަ ބައަކު އެއްފަހަރާ އެންދުމުގެ ދުނިޔޭގެ ރެކޯޑް ދަގަނޑު ސޫކީއަށް."

މިޔަންމާގެ ވެރިކަމުގައި ދަގަނޑު ސޫކީ ހުރެ އެޤައުމުގައި ތިބި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެއްފަހަރާ ގިނަ ބައަކު މެރުމަށް ހިންގާފައިވާ އެންމެ ބޮޑެތި ޖަރީމާތައްކަން ހާމަވެއްޖެއެވެ.

ދިރާސާތައް ކުރުމަށްފަހު ނެރެފައިވާ 300 ޞަފްހާގެ ރިޕޯޓުގައި ބުނެފައިވަނީ ހަމަލާތައް ދީފައިވަނީ ވަރަށް ރޭވުންތެރިކަމާއިއެކު އެންމެން އެކުގައި މެރުމުގެ ސިޔާސަތުގެދަށުންކަން ވަަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.
އެމެރިކާ އާއި އެހެންވެސް ބައެއް ޤައުމުތަކުން ގެންދަނީ މި މައްސަލަތައް ތަޙްޤީޤް ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެފަދަ ގޮވާލުންތައް ވަމުން ދަނީ "ޖަމަލު ފޮޑި" އަށެވެ. އަޑު ވަރަށް ބާރެވެ، ވަހެއް ނުހުރެއެވެ.
މިއަދު އޮންލައިން