ވާގިނެތި އިނގިލީގެ ނިޝާން ޖަހަން ނުދެވުމުން އިނާޔަތުގެ ކާޑު ނުލިބި އަންހެނަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ވާގިނެތި އިނގިލީގެ ނިޝާން ޖަހަން ނުދެވުމުން އިނާޔަތުގެ ކާޑު ނުލިބި އަންހެނަކު މަރުވެއްޖެ

ވާގިނެތުމުގެ ސަބަބުން އިނގިލީގެ ނިޝާން ޖަހަން "ރޭޝަން ޝޮޕަށް" ނުދެވުމުން ޢާއިލާއަށް އިނާޔަތުގެ ކާޑު ނުލިބުމުން ބަނޑަށް ޖެހި އަންހެނަކު މަރުވެއްޖެއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް ނިޞްބަތްވާ އުމުރުން 50 އަަހަރުގެ ސަކީނާ އަޝްފާޤްގެ ފިރިމީހާ ބުނީ އެހެން މަސްމަހު އޮޓޯއަކަށް އަރުވައިގެން ފިހާރައަށް އަނބިމީހާ ގެންގޮސް އިނގިލީގެ ނިޝާން ޖައްސުވަނީ ކަމަށެވެ. "ކާޑުގެ އެންމެ މަތީގަ އިންނަނީ އަނބިމީހާގެ ނަން. އެހެންވީމާ އަނބިމީހާ ކޮންމެހެން ގެންދަންޖެހޭ. މިމަހު ދިމާވިގޮތުން ބަލިހާލު ބޮޑުވެ ނުގެންދެވުނީ."
ފިރިމީހާ ބުނީ ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި އެންމެން ވެސް ތިބީ ބަނޑަށް ޖެހިފައި ކަމަށެވެ. އަނބިމީހާއަކީ ބަލިހާލު ބޮޑު މީހަކަށްވާތީ އަވަހަށް މަރުވީ ކަމަށވެ.
ސަރުކާރުން ބުނީ މައްސަލަ ބަަލަމުންގެންދާ ކަމަށާއި ރޭޝަން ކާޑު ވިއްކާ ފިހާރައިގެ ކުށެއް އޮތްކަން ކަށަވަރުކުރަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން