ވެހިކަލެއްގަ ގެރި އުފުލި 2 މީހަކު މަރާލައިފި- ދެ ފަރާތުން ބަޑީގެ ހަމަލާ ބަދަލުކުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ވެހިކަލެއްގަ ގެރި އުފުލި 2 މީހަކު މަރާލައިފި- ދެ ފަރާތުން ބަޑީގެ ހަމަލާ ބަދަލުކުރި!
އިންޑިއާގެ ރާޖަސްތާނުގައި ވެހިކަލަކަށް އަރުވައިގެން ގެރި އުފުލި ދެ މުސްލިމުންގެ ގައަށް ބަޑިޖަހައި މަރާލައިފިއެވެ.

މިދިއަ ހުކުރު ދުވަހު ވެހިކަލްގައި ދަނިކޮށް "ގެރި ހިމާޔަތްކުރާ ފޯސް" ގެ 6 މީހަކު ނުކުމެ ބަޑިން ހަމަލާ ދިނުމުން އެ ދެ މީހުން ވަނީ ބަޑިން ހަމަލާދީފައެވެ. މިކަމާއި ގުޅިގެން 2 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

"ގެރި ހިމާޔަތްކުރާ ފޯސް" އަކީ ހައްދުފަހަނައަޅާފައިވާ ހިންދޫން އަމިއްލައަށް އުފައްދައިގެން އުޅޭ ފޯހެކެވެ. ގެރި ކަތިލުން ހުއްޓުވުމަށް މިހާރުގެ ސަރުކާރުން ނެރުނު އަމުރު ސްޕްރީމް ކޯޓުން ވަނީ ސަސްޕެންޑްކޮށްފައެވެ.

ގެރިކަތިލުން ބައެއް ސްޓޭޓްތަކުގައި މަނާކުރުމާއި ގުޅިގެން ތަކެތި އުފައްދަން ގެރީގެ ހަން ނުލިބޭތީ ގެރި މަހުގެ ވިޔަފާރި ހުއްޓިފައިވުމުން ވިޔަފާރިތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
މިއަދު އޮންލައިން