ސައުދިއަރަބިޔާގެ އިމިގްރޭޝަނުގެ ޤަވާއިދާއި ޚިލާފަށް އެ ޤައުމުގައި ވަގަށް ފިލައިގެން އުޅޭ މީހުން ހޯދަން ހިންގި ފުރަތަމަ އޮޕަރޭޝަނުގައިވެސް 7،500 މީހުން ހައްޔަރުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނަށްފަހު ހޯމް މިނިސްޓްރީގެ ތަރުޖަމާނު ތުރުކީ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ތިބި މީހުންގެ ކަންކަން ޤަވާއިދަށް އެޅުވުމަށް 8 މަސް ދުވަހުގެ މުއްދަތެއް ސަރުކާރުން ދިން ކަމަށެވެ. އަދި ފުރުޞަރު އިތުރުކޮށް ވެސް ދިން ކަމަށެވެ.
ތުރުކީ ވިދާޅުވީ މިއީ އޮޕަރޭޝަނުގެ ފެށުން ކަމަށާއި ސައުދީގައި ޤަވާއިދާއި ޚިލާފަށް ތިބި އެންމެން ހޯދައި އެމައްސަލަތައް ހައްލުކުރާނެ ކަމަށެވެ.
"ސަރުކާރުން އެމީހުންނާމެދު މިބަލަނީ ކުށްވެރިންގެ ގޮތަކު ނޫން. ބޭނުންވަނީ ލިޔުންތައް ހަަޖައްސައި ވީހައި އަވަހަކަށް ސައުދީން ފުރައިގެން ދިއުން." ކަމަށްވެސް ތުރުކީ ވިދާޅުވިއެވެ.