ޖިންސީ ގުޅުމަށް އިއުތިރާޒް ކުރުމުން އަނބިމީހާ މަރާލައިފި- ކޮންމެ 5 މިނިޓަކުން ގެވެށި އަނިޔާގެ މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ޖިންސީ ގުޅުމަށް އިއުތިރާޒް ކުރުމުން އަނބިމީހާ މަރާލައިފި- ކޮންމެ 5 މިނިޓަކުން ގެވެށި އަނިޔާގެ މައްސަލައެއް!
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ އަވަށެއްގައި ދިރިއުޅޭ އަންހެނަކު ފިރިމީހާ އެދުމުން ޖިންސީ ގުޅުން ބޭއްވުމަށް ދެކޮޅު ހެދުމުން ތަޅާ މަރާލައިފިއެވެ.

އަންގާރަ ދުވަހު ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ކައިވެނިކޮށްގެން އުޅޭތާ 10 އަަހަރުވެފައިވާ ދެމަފިރިންނަށް 2 ދަރިން ލިބިފައިވާ ކަމަށެވެ. އުމުރުން 35 އަހަރުގެ ފިރިމީހާ އޭނާގެ ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޮންމެ 5 މިނިޓަކުން ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅޭ ކަމަށާއި އަނބިންނަށް އަނިޔާކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށެވެ.
މިއަދު އޮންލައިން