ޖަރުމަނުގައި ހުންނަ ސައުދީ ސަފީރު އަނބުރާ ޤައުމަށް ގެނެސްފިއެވެ.
ސައުދީން މިފަދަ ފިޔަވަޅެއް އެޅީ ޖަރުމަނުގެ ޚާރިޖީ ވަޒީރު ލެބަނަންގެ ޚާރިޖީ ވަޒީރާ ބައްދަލުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ކަމަށް ސައުދި ޚާރިޖިއްޔާ އިން ބުނެއެވެ.
ސައުދީ ޚާރިޖިއްޔާއިން ބުނީ ޖަރުމަނުން އަދި އެއްވެސް ޤައުމަކުން ދައްކައިގެން ނުވާނެ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެފަދަ ވާހަކަތަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން ރަސްމީ ޝަކުވާ، ސައުދީގައި ހުންނަ ޖަރުމަނު ސަފީރަށް ހުށަހަޅާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.